ފަސޭހައިން ކުރަފި ނައްތާލަން ކްލީންޓެކުން ގޭތެރަށް ފޮގް ޖަހައިދެނީ
ފަސޭހައިން ކުރަފި ނައްތާލަން ކްލީންޓެކުން ގޭތެރަށް ފޮގް ޖަހައިދެނީ

ރާއްޖޭގައި އާންމުކޮށް އުޅޭ ކުރަފީގެ ބާވަތެއް ކަމުގައިވާ "ޖާމަން ކޮކްރޮޗް" ފަސޭހައިން މަރާލެވޭނެ ފޮގެއް ކްލީންޓެކް އިން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ކްލީންޓެކުން ބުނީ މި ފޮގަކީ ގޭތެރޭގައި ބޭނުންކުރިޔަސް އުނދަގުލެއް ނުވާ އެއްޗެއް ކަމަށެވެ. ރާއްޖޭގައި އެންމެ އާންމުކޮށް އުޅޭ "ޖާމަން ކޮކްރޮޗް" އަކީ ހޫނު ތަންތަނުގައި ފަސޭހައިން އާލާވާ އެއްޗެކެވެ. އަދި ކުރަފި އާލާވާ ތަންތަނުން އެ ނައްތާލުމަކީ އުނދަގޫ ކަމެކެވެ.

ކްލީންޓެކުން ބުނީ ކުރަފީގެ އުނދަގުލުން ސަލާމަތްކޮށްދޭ މި ފޮގް، އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ޖަހައިދޭނެ ކަމަށެވެ. މި ހިދުމަތް ބޭނުން ނަމަ 7604413 އަށް ނުވަތަ 3329413 އަށް ގުޅުމުން އެކަން ހަމަޖައްސައިދޭނެ އެވެ.

ކުރަފި ފެންނަ ތަންތަން އިންސްޕެކްޓްކޮށް ފޮގް ޖަހަން ޖެހޭ ތަންތަން، ކްލީންޓެކްގެ ޓީމުން ގޮސް ދެނެގަންނާނެ އެވެ.

ފޮގް ޖަހާތާ 30 މިނެޓް ފަހުން، ފޮގް ޖެހި ތަން ބޭނުން ކުރެވެނޭ އެވެ. އަދި ކްލީންޓެކްގެ ޓީމުން އެ ތަނެއް ސާފު ވެސް ކޮށްދޭނެ އެވެ.

ކުރަފީގެ އިތުރުން، ގޭތެރޭގައި އުޅޭ އެހެން ސޫފިތައް ވެސް މި ފޮގް ބޭނުންކޮށްގެން މަރައިލެވޭނެ އެވެ. މި ފޮގް ޖެހުމަށް ފަހު ތިން މަހަށް ކުރަފި ފަދަ ސޫފިތަކުން ގޭތެރެ ސަލާމަތް ކޮށްދޭނެ އެވެ.