ފޭކް ކޮވިޑް ވެކްސިނެއް ޖެހި ކުރީގެ ބަތަލާއެއްގެ ހާލު ބޮޑުވެއްޖެ
ފޭކް ކޮވިޑް ވެކްސިނެއް ޖެހި ކުރީގެ ބަތަލާއެއްގެ ހާލު ބޮޑުވެއްޖެ

ކޮވިޑް-19 އިން ދިފާއުވުމަށް އުފެއްދި ވެކްސިނެއް ކަމަށް ބުނެ، އިންޑިއާގެ ކޮލްކަތާގެ ކަސަބާ ސަރަހައްދުގައި ގެންގުޅުނު ވެކްސިނެއް ޖެހި، ބަތަލާ މިމީ ޗަކްރަވަތީގެ ހާލު ދެރަވެއްޖެ އެވެ.

ޓީވީ އަދި ބެލްގާލީ ސިނަމާ އާއި ބައެއް ބޮލީވުޑުގެ ފިލްމުތަކުން ވެސް ފެނިފައިވާ މިމީ އަކީ މިހާރު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެކެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި ވަރުބަލިވުމާއި ލޭގެ ޕްރެޝަރު ދަށްވުމުގެ އިތުރުން ބަނޑުގައި ރިއްސުމުގެ އުނދަގޫ މިމީ އަށް ވަނީ ކުރިމަތިވެފަ އެވެ. އެކަމަކު އޭނާގެ ހާލު ސްޓޭބަލް އެވެ.

ކޮވިޝީލްޑްގެ ލޭބަލް ޖަހާފައިވާ ފޭކް ވެކްސިނެއް މިމީ ޖެހީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭނާ ބަލިވީ ސީދާ އެ ވެކްސިންގެ ސަބަބުން ކަމަށް އަދި ބުނަން މާ އަވަސް ކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކޮލްކަތާ ފުލުހުން މިހާރު ވަނީ ފޭކް ވެކްސިނޭޝަން ކޭމްޕް ކުރިއަށް ގެންދިއުމުގެ ފަހަތުގައި ހުރި މީހާ ހައްޔަރުކޮށްފަ އެވެ. ދެބަންޖަން ދޭވް ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ މިމީ އޭނާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރު މިމީ، ސިޔާސީ ދާއިރާއަށް ނިކުތްއިރު އޭނާ އަންނަނީ 17 ވަނަ ލޮކް ސަބާގައި ޖޭދޭވްޕޫރުގެ މެމްބަރެއްގެ ގޮތުގައި ތަމްސީލުކުރަމުންނެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުތީ 2012 ވަަނަ އަހަރު އެވެ. ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި، "ވިލެން" އާއި "ބަޕީ ބަރީ ޖާ" ހިމެނެ އެވެ.