ރާއްޖެއާ އެކު 18 ގައުމެއްގެ މީހުންނަށް ތައިލެންޑުން އެރައިވަލް ވިސާ ފީ ކުޑަކޮށްފި
ރާއްޖެއާ އެކު 18 ގައުމެއްގެ މީހުންނަށް ތައިލެންޑުން އެރައިވަލް ވިސާ ފީ ކުޑަކޮށްފި

ބެންކޮކް (ނޮވެމްބަރު 23) - ރާއްޖެއާ އެކު 18 ގައުމެއްގެ މީހުންނަށް ތައިލެންޑުން އޮން އެރައިވަލް ވިސާ ފީ ކުޑަކޮށްފި އެވެ.

ޓޫރިސްޓުން އިތުރު ކުރުމުގެ ބޭނުމުގައި ތައިލެންޑުން އެޅި މި ފިޔަވަޅުގެ ދަށުން އޮން އެރައިވަލް ވިސާގެ ފީގެ ގޮތުގައި ކުރިން ނަގަމުން ދިޔަ 2،000 ބާތުގެ ބަދަލުގައި ދެން ނަގާނީ 1،000 ބާތު (28 ޑޮލަރު) އެވެ. އޮން އެރަވައިލް ވިސާ ފީ ތައިލެންޑުން ބޮޑު ކުރީ ސެޕްޓެމްބަރު 27 ގަ އެވެ.

ތައިލެންޑުގެ އިގްތިސާދަށް ފައިސާ ވެއްދުމުގައި ޓޫރިސްޓުންގެ އަތުން ލިބޭ އާމްދަނީ މުހިންމު ރޯލެއް އަދާކުރެ އެވެ.

ރާއްޖޭގެ އިތުރުން ވިސާ ފީ ތައިލެންޑުން ކުޑަކުރި ގައުމުތަކުގެ ތެރޭގައި އެންޑޯރާ، ބަލްގޭރިއާ، ބޫޓާން، ޗައިނާ، ސައިޕްރަސް، އިތިއޯޕިއާ، ކަޒަކްސްތާން، ލެޓްވިއާ، ލިތުއޭނިއާ، މޮރިޝަސް، ރުމޭނިއާ، ސެން މެރީނޯ، ސައުދީ އަރަބިއާ، ޓައިވާން، ޔޫކްރޭން އަދި އުޒްބެކިސްތާން ހިމެނެ އެވެ.