ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރަން ވެމްކޯ އިން ހުޅުވާލައިފި
ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރަން ވެމްކޯ އިން ހުޅުވާލައިފި

ވޭސްޓް ކަލެކްޝަން ސާވިސް ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހުޅުވާލައިފި އެވެ.

ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރަން ވެމްކޯ އިން ހުޅުވާލައިފި
ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރަން ވެމްކޯ އިން ހުޅުވާލައިފި

ވެމްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ހިދުމަތަކީ، އެ ކޯޕަރޭޝަނުން ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާ ދާއިރާއެއްގައި ކުރުމަށް މަސައްކަތް ކުރަމުންދާ ހިދުމަތެއް ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ރާއްޖޭގައި އެކަށީގެންވާ އަދި ދެމެހެއްޓިނިވި ގޮތަކަށް ކުނި މެނޭޖު ކުރުމަށް، މި ހިދުމަތަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ރީސައިކަލް ކުރުމަށް މަގުފަހިވެގެން ދާނެ އެވެ.

"މި ކޯޕަރޭޝަނުން މި ހިދުމަތް ދޭން ގަސްދު ކޮށްފައި ވަނީ މާލޭގެ ސަރަހައްދުތައް ޒޯންތަކަކަށް ބަހާލައިގެން. އަދި ހިދުމަތުގެ އަގު ކަނޑައަޅާފައި ވަނީ އިމާރާތަކުން 100ރ. އަދި ކޮންމެ ގޭބިސީއަކުން 150ރ. ގެ ރޭޓުން،" އެ ކޯޕަރޭޝަނުން ބުނެ އެވެ.

މި ހިދުމަތް ފުރަތަމަ ދޭނީ ޒޯން 1 ގައި ހިމެނޭ ގޭބިސީތަކަށް ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯ އިން ވަނީ މި ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކުނި އުކާލަން ހަރަކާތްތެރިވާ މީހުން ބައިވެރިކޮށްގެން މާކެޓް ސާވޭއެއް ހިންގާފައި އެވެ. އަދި ހިދުމަތް ދިނުމަށް ބޭނުންވާ ކޮމްޕެކްޓާ ޓްރަކާއި ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުޅަންދުތައް ވެސް ހޯދަފައި އެވެ.