25 ޖޫން 2021 - 07:35

ދެކުނު އެފްރިކާގެ މީހަކު މި މަހުގެ ކުރީކޮޅު އެއްމާބަނޑު 10 ކުދިން ވިހޭ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ބުނެފި އެވެ.

މި އަންހެން މީހާގެ ވާހަކަ ދުނިޔޭގެ ވަރަށް ގިނަ މިޑިއާތަކަށް އަރައި، އޭނާ އަކީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ކުދިން ވިހޭ މީހާ ކަމަށް ބުނާތި އެކަން އިތުރަށް ސާފުކުރަމުން އަންނަ ކަމަށް ގިނިސް ވޯލްޑް ރެކޯޑުން ވެސް ބުނެފައިވެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ދެކުނު އެފްރިކާގެ ކަމާބެހޭ ފަރާތްތަކުން ހޯދި މައުލޫމާތުތަކަށް ބަލާއިރު ގޮސައިމީ ސިތޯލޭ، 37، ކިޔާ މީހާ ވިހޭ ކަމަށް ބުނާ ގޯޓެންޑް ޕްރޮވިންސްގެ އެއްވެސް ހޮސްޕިޓަލެއްގައި 10 ކުދިން ވިހޭ ކަމުގެ ރަސްމީ އެއްވެސް ރެކޯޑެއް ނެތެވެ. އަދި މިކަމަކީ ބޮޑު އޮޅުވައިލުމެއް ކަމަށާއި މިހާތަނަށް ހެދި ޓެސްޓްތަކުން އަންހެން މީހާ މި ފަހުން ބަލިވެއިން ކަމަށް ވެސް ނުދައްކަ އެވެ.
މި މައްސަލާގައި ގޮސައިމީ މިހާރު ހުރީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގަ އެވެ. އަދި އޭނާ އަކީ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުރި މީހެއްތޯ ދެނެގަތުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
ނަމަވެސް އެއްމާބަނޑު 10 ކުދިން ވިހޭ ކަމަށް ބުނެ ބޮޑު ވާހަކައެއް ހަދައިގެން ދެއްކި ސަބަބެއް އަދި ސާފެއް ނުވެ އެވެ. މި މަހުގެ 7 ވަނަ ދުވަހު ގޮތައިމީ އެއްމާބަނޑު 10 ކުދިން ވިހޭ ކަމަށް ބުނެ އާއިލާ އިން ނަން ހާމަނުކުރަން ޝަރުތުކޮށް ބީބީސީ އަށް ކިޔައިދިން މީހާ ބުނެފައިވާ ގޮތުގައި ގޮތައިމީ އަށް ލިބުނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ. އަދި އެ ކުދިންގެ ތެރެއިން ފަސް ކުދިން ވިހޭ އިރު އަނެއް ފަސް ކުދިން ސިޒޭރިއަން ހަދައިގެން ނެގީ އެވެ.
އެއްމާބަނޑު 10 ކުދިން ވިހޭ ކަމަށް ބުނެ އޮޅުވައިލި މައްސަލަ ބަލަން ފަށާފައި މި ވަނީ މިދިޔަ މަހު މާލީގެ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިފައި ވަނިކޮށެވެ.