24 ޖޫން 2021 - 17:35

ދިރާގު ފިކްސްޑް ބްރޯޑްބޭންޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން ދެގުނަ އިތުރު ޑޭޓާ ދީފި އެވެ.
ދިރާގުން ބުނީ ޑޭޓާ އިތުރު ކުރީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ވަގުތުތަކުގައި ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާތަކެއް މިދިޔަ މެއި މަހުން ފެށިގެން އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި ދިރާގު ހިދުމަތްތަކުން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން 100 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް މިހާރު ލިބޭނެ އެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ އެވެ. ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން ވެސް 100 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް މިހާރު ލިބޭނެ އެވެ.
ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓާތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މި މަހުގެ 30 ގެ ނިޔަލަށެވެ.
ދިރާގުން އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ.