ޓޫރިސްޓުންނާ އެކު ދަތުރުކުރި ލޯންޗެއްގައި ރޯވެއްޖެ
ޓޫރިސްޓުންނާ އެކު ދަތުރުކުރި ލޯންޗެއްގައި ރޯވެއްޖެ

ކ. ބިޔާދޫ ކައިރިން ޓޫރިސްޓުންނާ އެކު ދަތުރުކުރި ލޯންޗެއްގައި ދެންމެ ރޯވެއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި އެ ލޯންޗުގައި އޭރު ދަތުރުކުރަމުން ދިޔައީ އަށް ޓޫރިސްޓަކާއި ތިން ފަޅުވެރިއެކެވެ. އެއިން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"އެ ލޯންޗުގައި ތިބި މީހުން މިހާރު ވަނީ ނަގާފައި. އެ އެންމެން މިހާރު ތިބީ ބިޔާދޫ ރިސޯޓުގައި،" އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި މާފުށީ ގެސްޓް ހައުސްއެއްގެ މި ލޯންޗުގައި ރޯވީ، ބިޔާދޫ ރިސޯޓުން ޓޫރިސްޓުންނާ އެކު ނައްޓާލިތަނާ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ދަތުރު ކުރަމުން ދިޔަ މާފުށި ގެސްޓް ހައުސްއެއްގެ ލޯންޗެއްގައި މީގެ ދުވަސްކޮޅެއް ކުރިން އަލިފާން ރޯވެ އެ ލޯންޗު ވެސް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ. މި ހާދިސާގައި ތިން މީހަކު ފިހުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.