ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ
ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ

ރ. މާމިގިލީގައި ތަރައްގީ ކޮށްފައިވާ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ
ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ

މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީކުރާ މި ރިސޯޓަކީ ދިވެހި ތާރީހު ދައްކުވައިދޭ ދާރުލްއާސާރަކާއެކު ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ
ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި މިއީ ގައުމީ ދާރުލްއާސާރު ފިޔަވަައި ރާއްޖޭގައި ދިވެހި ސަގާފަތާއި ތާރީހު ދައްކުވައިދޭ އެންމެ ގިނަ އަދަދެއްގެ ތަކެތި ފެންނަން ހުންނާނެ ތަނެވެ.

ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ
ދާރުލްއާސާރާކައެކު ތަރައްގީކުރި ކޯރާ ކޯރާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ

ކޯރާ ކޯރާގެ ދާރުލްއާސާރުގައި އާސާރީގޮތުން ފާހަގަކޮށްލެވޭ ގާތްގަނޑަކަށް 400 ތަކެއްޗާއި ސަގާފަތް ދައްކުވައިދޭ ކުރެހުންތައް ހުންނާނެ އެވެ. މީގެ ތެރޭގައި ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިން ގެންގުޅުނު ބައެއް ސާމާނު ވެސް ފެންނަން ހުންނާނެ ކަމަށް ކޯރާ ކޯރާ އިން ބުނެ އެވެ.

މި ދާރުލްއާސާރުގެ ބޭރުގައި އިހު ޒަމާނުގައި ދިވެހިން ބޭނުންކުރި ވެވަކާއި 120 އަހަރުވީ ވަކަރު ގެއެއް ވެސް ވަނީ ބަހައްޓައިފަ އެވެ.

ފަސް ތަރީގެ މި ކޯރާ ކޯރާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީ ޕްލޭނުގައި 45 މިނެޓު ތެރޭގައި ދެވޭ ރިސޯޓެކެވެ. މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާ ކޮށްލެވޭ ފަސް ރެސްޓޯރެންޓު ހުންނައިރު ޕަޑީ ސެޓިފައިޑް ޑައިވިން ސެންޓަރެއް ވެސް ހުރެ އެވެ.

މި ރިސޯޓުގައި ބީޗް ވިލާ އާއި ލެގޫން ވިލާ އަދި ޕޫލް ވިލާ ހިމެނޭހެން 100 ވިލާ ހުރެ އެވެ. މި ވިލާތައް ވެސް ފަރުމާކޮށްފައި ވަނީ ދިވެހި ވަންތަ ގޮތަކަށެވެ.