މާލެ ސަރަހައްދުން ކޮވިޑް ޖެހުނީ 61 މީހަކަށް، ރަށްރަށުން 77
މާލެ ސަރަހައްދުން ކޮވިޑް ޖެހުނީ 61 މީހަކަށް، ރަށްރަށުން 77

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމަށް 4،548 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން ކޮވިޑް ޖެހުނީ 145 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ކޮވިޑްގެ ކޭސްތައް ގިނައީ ރަށްރަށުގަ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުން 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މާލެ ސަރަަހައްދުން އެ ބަލި ޖެހުނު މީހުންގެ އަދަދަކީ 61 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ ހަތް މީހެކެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 72294 އަށް އަރަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 67،507 އަށް އަރާފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4،569 އަށް ދަށްވެފަ އެވެ.

ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 39 މީހަކަށެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ބަލީގައި 207 މީހަކު މަރުވެފައިވެ އެވެ.