22 ޖޫން 2021 - 21:50

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި 27 އަހަރުގެ މީހާ، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ދިނީ 15 ދުވަހެވެ.
ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން ހޯދަމުން ދަނިކޮށް އެ ސަރަހައްދުގެ އިރުއުތުރު ފަރާތުގެ މޫދުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ.
އެ ސަރަހައްދުން އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަނުން މަނާކޮށްފައި އޮތް ސަރަހައްދުގައި ކުއްޖަކަށް އަނިޔާކުރި މައުލޫމާތު އާންމުންގެ މީހަކު ރިޕޯޓްކުރުމާ އެކު އެ ސަރަހައްދު ބަލައި ހޯދަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ބޮޑު މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިއަދު ހަވީރު ދިން ޕްރެސް ސްޓޭމަންޓުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވިދާޅުވީ އެެ ކުއްޖާ މަރުވުމުގެ ކުރިން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުން އައި ކަމަށެވެ. އަދި އާއިލާގެ ފަރާތުން ވެސް މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރަމުންދިޔަ ކަމަށް ވިދާޅުވި އެވެ.
ކުއްޖާގެ މަރާލި ހަބަރު ލިބުމާ އެކު އާއިލާ އަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.