ހާލުގައި ޖެހުނު ޔޮޓެއް މާލޭ ފަޅަށް ވަދެފި
ހާލުގައި ޖެހުނު ޔޮޓެއް މާލޭ ފަޅަށް ވަދެފި

ބޭރު ގައުމެއްގެ ޔޮޓެއްގައި އެކަނި ދަތުރުކުރި މީހަކު ހާލުގައި ޖެހިގެން މާލެ ފަޅު ތެރެއަށް މިއަދު ވަދެފި އެވެ.

ހާލުގައި ޖެހުނު ޔޮޓެއް މާލޭ ފަޅަށް ވަދެފި
ހާލުގައި ޖެހުނު ޔޮޓެއް މާލޭ ފަޅަށް ވަދެފި

މި ޔޮޓު ވަދެފައި އޮތީ ނަސަންދުރާ ކުރިމަތީ ޖެޓީގަ އެވެ.

ފުލުހުން ބުނީ މާލެ ފަޅު ތެރެއަށް މި ޔޮޓު ވަތްކަމުގެ މައުލޫމާތު ލިބުނީ ހަވީރު 4:00 ގައި ކަމަށެވެ.

މެދު އުމުރުގެ ފިރިހެނަކު އެކަނި ދަތުރުކުރި މި ޔޮޓް ފަޅަށް ވަނުމާ އެކު ސިފައިންނާއި ފުލުހުން ވެސް އޭގެ ކައިރިއަށް ދިޔަ އެވެ.

މި ޔޮޓް ރާއްޖޭގެ އެޖެންޓަކާ ހަވާލުވެ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހުޅުމާލެއަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.