22 ޖޫން 2021 - 19:01

މާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އައި އަބޫބަކުރު އިބްރާހިމް މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
މިމަހުގެ 16 ވަނަ ދުވަހު އަބޫބަކުރު ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފޮޓޯ އާންމުކުރީ މިއަދު އެވެ.
އެކަމަކު އޭނާ ހޯދުމަށް ކުރި ޕޯސްޓްގައި ފުލުހުން ބުނި ގޮތުގައި އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން އައީ ރައްޓެއްސަކާ އެކު މާލޭގަ އެވެ.