މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން އާންމުންގެ އެހީއަށް އެދި ފުލުހުން އެ މީހާގެ މައުލޫމާތު މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުމުރުން އަބޫބަކުރު އިބްރާހިމް، 20، ކަމަށެވެ. އޭނާގެ އެޑްރެހަކީ ހދ. ކުޅުދުއްފުށި ރިންސޯ އެވެ.

ފުލުހުން ބުނީ އަބޫބަކުރު ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން އައީ ރައްޓެއްސަކާ އެކު މާލޭގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އަބޫބަކުރުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.