ގުޅުން ރަނގަޅުތޯ ބަލަން 5 ކަމެއް
ގުޅުން ރަނގަޅުތޯ ބަލަން 5 ކަމެއް

ދެ މީހެއްގެ ގުޅުމެއް އުފެދިގެން އަންނަނީ ލޯތްބާއި އަޅާލުމާއި އެކަކު އަނެކަކަށް ކުރެވޭ އިތުބާރެއްގެ މައްޗަށެވެ. މި ގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށް ޒަވާޖީ ހަޔާތެއް ފަށަ އެވެ. މި ހިސާބުން މި ފެށެނީ ދިރިއުޅުމުގެ މުޅިން އާ ދަތުރެކެވެ. ކައިވެނިކޮށްގެން ވަކި ހިސާބަކަށް ދިއުމުން، ދެ މީހުންގެ ދޭތެރޭ އޮންނަ ގުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަވާ ނަމަ، މި ކިޔައިދޭ ފަސް ކަންތަކަށް ވިސްނާލާށެވެ.

ގުޅުން ރަނގަޅު ކުރެވޭނީ ވާހަކަ ދައްކައިގެންނެވެ. މައްސަލައެއް ޖެހުމުން އެ މައްސަލައެއް ހައްލުކުރުމަށް ފޯނުން މެސެޖުކޮށްގެން ނުވަތަ ގުޅައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ދެ މީހުން ކައިރީގައި ތިބެގެން ވާހަކަ ދައްކައިގެން ކަންކަމުގެ ހައްލު ހޯދޭތޯ ބަލާށެވެ. ފޯނަށް ދޭ ސަމާލުކަން ބައިވެރިޔާއަށް ދޭ ނަމަ، ދެމީހުންގެ ދޭތެރޭގައި ޖެހޭ އެތައް މައްސަލައެއްގެ ހައްލު ހޯދޭނެ އެވެ.

ދެމީހުންގެ ދޭތޭރޭގައި ޖެހޭ ހުރިހާ މައްސަލައަކީ ކޮންމެ ފަހަރަކު ހައްލުލިބިގެން ނިމޭނެ މައްސަލަތަކެއް ކަމަށް ނުބަލާށެވެ. ދެބަސްވާން ޖެހޭ ފަހަރު ވެސް އަންނާނެ އެވެ. ބައެއް ފަހަރު މައްސަލަ ހައްލުނުވެ، މައްސަލަ އޮބިގެން ވެސް ދެ އެވެ. މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު އެކަކު އަނެކަކަށް ޒާތީ ނުވާށެވެ. އެވަގުތެއްގައި އެކަމެއް ނިމުނު ގޮތަކަށް އެކަން ބާއްވާށެވެ. އިތުރަށް އެ ވާހަކަތައް ފަށަފަށައިގެން ދެއްކުމުން އަލިފާންގަނޑު އިތުރަށް ބޮޑުވުން ނޫން ކަމެއް ނުވާނެއެވެ.

މައްސަލަތައް ހައްލު ނުކުރެވޭ ހިސާބަށް ދިއުމުން ބަހަނާ ދެއްކުން އިތުރުވާނެ އެވެ. ވަޒީފާ އަދާ ނުކުރާ ބައިވެރިޔަކާ އެކީ އުޅޭ ނަމަ، އޭނާ ވަޒީފާއަކަށް ދިޔަ ނަމަ، ދެ މީހުންގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ބުނެވެ އެވެ. ހަގީގަތުގައި އޭނާ ވަޒީފާ އަދާނުކުރަނީ ނުވަތަ ވަޒީފާ އަދާކުރަން ބޭނުން ނުވަނީ ކީއްވެގެންކަން އޮޅިފައެއް ނޯންނާނެ އެވެ. ބަދަލުވެދާނެ ކަމަށް ވިސްނައިގެން ގިނަފަހަރަށް ހުރެވެނީ އެވެ. އަދި މައްސަލައެއް ނެތް ކަމަށް ނިންމާފައި ދިރިއުޅުމައިގެން ކުރިއަށް ދަނީ އެވެ.

ކޮންމެ ކަމެއް ވަރިހަމަ ވެގެން ހުރެވެނީ ގަބޫލުކުރެވޭ ގޮތް ތަފާތުވީމަ އެވެ. ހުރިހާ ކަމެއް އަމިއްލައަށް ހައްލުވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ހިޔާލީ ދުނިޔެއެއްގައި އުޅެވޭތީ އެވެ. މިވެނި ކަމެއް މިހެންވި ނަމަ، މިކަމެއް މިހެނެއް ނުވާނެ ކަމަށް ހީކޮށްގެން އުޅެވޭތީ އެވެ.

އެންމެ ކަމުދަނީ ކޮންކަމެއްކަން ބައިވެރިޔާ އަށް އެނގޭ ހެއްޔެވެ؟ ހެދުން އަޅާގޮތް، ނުވަތަ ތިމާ އަށް ބަލައިލެވޭ ގޮތަކީ ވެސް ހަމަ ކަމު ހިނގައިދާނެ ބައެއް ކަންކަމެވެ. މީގެ އިތުރުން ތިމާގެ ކިބައިގައި ހުންނަ ބައެއް ސިފަތަކަކީ ވެސް ބައިވެރިޔާ ހިތްއެދޭ ސިފަތަކަކަށް ވެދާނެ އެވެ. މަޑުމައިރިކަމާއި، ކަންކަމަށް ދޭ ސަމާލުކަމާއި އަދި ތިސަކަ މިޒާޖުން ވެސް ބައިވެރިޔާ ގަޔާވެދާނެ އެވެ.

އެކަކު އަނެކަކު އެނގެނީ ކިހާ ވަރަކަށްކަން އެހުމުން ޖަވާބު ދޭން ފަސްޖެހެނީ ދެމީހުން ވެސް ބޭރުފުށުން ކަންކަން ދައްކަމުން އަންނާތީ އެވެ. މިއީ ގޯހެކެވެ. މި ހުރިހާ ކަމަކީ ވެސް ވަގުތާއި ހާލަތު ބަދަލުވަމުން އަންނަ ވަރަކަށް ފަނޑުވަމުން ދާނެ ކަންކަމެވެ.

މެޝިނެއްހެން އަބަދު އެއްގޮތަކަށް ކަންތައް ކުރުމުން ފޫހިވާނެ އެވެ. ހާއްސަ ކަމެއްގައި އަބަދު އެއްގޮތަކަށް ކަންތައް ކުރި ނަމަވެސް، އަބަދު އެއްގޮތަކަށް ކަންކަން ވަނީ ނަމަ، ރުޅި އައި ނަމަވެސް އެކަންކަމަށް އާދަވާނެ އެވެ.

- މައުލޫމާތު: ސައިކޮލޮޖީ ޓުޑޭ -