މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

މާލޭ ސިޓީ ކައުންސިލުން ބޭއްވި މި އިންތިހާބުގައި މާލޭގެ ޑެޕިއުޓީ މޭޔަރަަކަށް، އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު ނަރީޝް އިންތިހާބުކުރީ ވޯޓުގައި ބައިވެރިވި 19 މެމްބަރުންގެ ތެރެއިން 12 ވޯޓާއެކު އެވެ.

ނަރީޝްއާ ދެކޮޅަށް ވާދަކުރެއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުން މިހާތަނަށް ފަސްކޮށްފައި ވަނީ ބައެއް މެމްބަރުން ކޮވިޑާ ގުޅިގެން ކަރަންޓީން ވާން ޖެހުމާއި ރަށުން ބޭރުގައި ތިއްބެވުމުގެ ސަބަބުންނެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ނަރީޝް އިންތިހާބުކުރުމާ އެކު ހުރިހާ ކައުންސިލްތަކުގެ މަގާމުތަކަށް މެމްބަރުން އައްޔަނުކޮށް ނިމުނީ އެވެ.