"ގާޑިއަންސް އޮފް ދަ ގެލެކްސީ" ވީޑިއޯ ގޭމް އޮކްޓޯބަރުގައި
"ގާޑިއަންސް އޮފް ދަ ގެލެކްސީ" ވީޑިއޯ ގޭމް އޮކްޓޯބަރުގައި

"ގާޑިއަންސް އޮދް ދަ ގެލެކްސީ" ވަކިވަކި ފިލްމުތަކެއްގެ ގޮތުގައި ބަލައިލުމުގެ ފުރުސަަތާއި އޭގެ ކެރެކްޓާތައް މާވެލްގެ އެހެން ބައެއް ސުޕަހީރޯ ފިލްމުތަކުން މިހާތަނަށް ފެނިފައި ވާނެ އެވެ. މިހާރު ތައްޔާރުވަނީ "ގާޑިއަންސް އޮފް ދަ ގެލެކްސީ" ވީޑިއޯ ގޭމެއްގެ ގޮތުގައި ނެރޭށެވެ.

މާވެލް އެންޓަޓައިންމަންޓުން ވަނީ އޭގެ ބައެއް ޕޯސްޓަރުތަކާ އެކު ގޭމް ނެރޭ ތާރީހު ވެސް އިއުލާންކޮށްފަ އެވެ. އެއީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 26 ގަ އެވެ.

"ގާޑިއަންސް އޮފް ދެ ގެލެކްސީ" ގޭމް ބެލުންތެރިންނަށް ގެނެސްދޭނީ އެ ދުނިޔެ އަށް ގޭމް ކުޅޭ މީހުން ގެންގޮސްދީ ޝައުގުވެރި އެތައް ކަމަކާއި އެތައް ކެރެކްޓާއަކާއި އެތައް ފީޗާތަކަކާ އެކީގަ އެވެ.

މި ގޭމް މި ގެނެސްދެނީ މިދިޔަ އަހަރު މާވެލް އިން "އެވެންޖާޒް" ވެސް ވީޑިއޯ ގޭމެއްގެ ގޮތުގައި ގެނެސްދިނުމަށް ފަހު އެވެ. އެކަމަކު އެއީ އެ ގޭމް ގިނަ ބަޔަކަށް މާ ކަމުދިޔަ އެއްޗަކަށް ނުވެ އެވެ. އެހެންވެ އެއަށް ލިބުނު ފިނި ތަރުހީބާ އެކު މާވެލް އިން މި ފަހަރު "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެނެސްދޭނީ އެ ތަޖުރިބާއިން ލިބުނު ފިލާވަޅިުގެ އަލީގަ އެވެ.

މި ގޭމް ގެނެސްދޭ އިރު "ގާޑިއަންސް އޮފް ދަ ގެލެކްސީ" ފިލްމުގެ ވޮލިއުމް 1 ބެލުންތެރިންނަށް ގެނެސްދިނީ 2014 ގަ އެވެ. އަދި ވޮލިއުމް 2 ގެނެސްދިނީ 2017 ގަ އެވެ. ކުރިއަށް އޮތީ 2023 އަށް ތާވަލުކޮށްފައި އޮތް ވޮލިއުމް 3 އެވެ. މި ތިން ފިލްމުގެ ވެސް ޑައިރެކްޓަރަކީ ޖޭމްސް ގަން އެވެ.