ކޮވިޑް-19 އަށް މިއަދު 211 މީހުން ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް މިއަދު 211 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 211 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި 211 މީހުންގެ ތެރެއިން 132 މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށެވެ. މާލެއިން 54 މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 25 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 71،000 އިން މައްޗަށް ގޮސްފައިވާއިރު، މިހާތަނަށް 66،000 އަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެފައިވާތީ މިހާރު ފަރުވާ ދެމުން އަންނަނީ 5،400 މީހަކަށެވެ. އެކަމަކު ހޮސްޕިޓަލްގައި ފަރުވާ ދެނީ 46 މީހަކަށެވެ.

ކޮވިޑް-19 ގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 205 އަށް ވަނީ އަރައިފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.