19 ޖޫން 2021 - 11:13

ކޮވިޑް ބަލީގައި މިއަދު ދެ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ރޭ މެންދަމު އުމުރުން 55 އަހަރު އިންޑިއާ ފިރިހެނެއް އަދި މިއަދު ފަތިހު 41 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މަރުވެފައިވާ ކަމަށެވެ. މި ދެމީހުންނަށް ވެސް ފަރުވާދެމުން އައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.
މި ދެ މަރުތަކާ އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 205 އަށް އަރައިފަ އެވެ. އަދި މި މަހު އެކަނި ވެސް މަރުވި މީހުންގެ އަދަދު 35 އަށް އަރައިފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިތާ ދެ މަސް ފަހުން އިއްޔެ ވަނީ ކޭސްތައް 200 އިން ދަށަށް ގޮސްފަ އެވެ. ނަމަވެސް އިއްޔެ ޓެސްޓުކުރި ސާމްޕަލްތަކުގެ އަދަދު ވެސް މަދެވެ.
ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށައިފަ އެވެ.