މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް
މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް

ކޯޕެންހޭގަން (ޖޫން 17) - ބެލްޖިއަމްއާ ދެކޮޅަށް ޔޫރޯ 2020 ގައި ޑެންމާކް މިހާރު ކުޅެމުންދާ މެޗުގެ 10 ވަނަ މިނިޓުގައި ކުޅުން މެދު ކަނޑާލުމަށް ފަހު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަނުގެ ޝަރަފުގައި މުޅި ދަނޑުން ތަރުހީބު ދީފި އެވެ.

މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް
މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވަނީ ގްރޫޕް ބީގައި ފިންލޭންޑާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ 43 ވަނަ މިނިޓުގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. ދަނޑުގައި ސީޕީއާރް ދިނުމަށް ފަހު އޭނާ އަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް
މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް

ކޯޕެންހޭގަންގެ ޕާކަން ސްޓޭޑިއަމްގައި ކުޅޭ މެޗު ބަލަން ވަދެ ތިބި 25،000 ސަޕޯޓަރުން ވަނީ މެޗުގެ 10 ވަނަ މިނިޓުގައި ރެފްރީ އެއް މިނިޓަށް މެޗު ހުއްޓާލުމާ އެކު އެރިކްސަނަށް ތަރުހީބުގެ އަތްތިލަބަޑިއެއް ދީފަ އެވެ. އޭރު ޑެންމާކް އޮތީ ދެ ވަނަ މިނިޓުގައި ޖެހި ލަނޑާ އެކު 1-0 އިން ކުރީގަ އެވެ. މިއީ އެރިކްސަން ބަލިވި ފަހުން ޑެންމާކް ކުޅޭ ފުރަތަމަ މެޗެވެ.

މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް
މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް