ރަޝިޔާގެ މަގުތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް!
ރަޝިޔާގެ މަގުތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް!

ރަޝިއާގެ މަގުތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކައިލުމަށް ފޮޓޯ މައުރަޒެއް ބާއްވައިފި އެވެ.

ރަޝިޔާގެ މަގުތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް!
ރަޝިޔާގެ މަގުތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް!

މި މައުރަޒު ބޭއްވީ އެމްއެމްޕީއާރްސީ އާއި ނޭޝަނަލް ޖިއޮގްރަފިކް ޓްރެވަލްއާ ގުޅިގެންނެވެ. އިއްޔެ ފެށި މި މައުރަޒު ނިމޭނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ރަޝިއާގެ ދެ ސިޓީ ކަމުގައިވާ ވެރިރަށް މޮސްކޯ އާއި ޕީޓާސްބާގުގެ މަގުތަކުގުގައި ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ވަނީ ބަހައްޓައިފަ އެވެ. މި ފޮޓޯތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގައި ކުރެވޭނެ ތަފާތު ތަޖުރިބާތަކުގެ ފޮޓޯތައް ވެސް މައުރަޒުން ފެންނަން ހުންނާނެ އެވެ.

މި މައުރަޒުގައި މަޝްރޫއު ފޮޓޯގްރަފާ އިވަން ޑެމެންޓީވްސްކީ އާއި ދިވެހި ބައެއް ފޮޓޯގްރަފަރުންގެ ފޮޓޯތައް ވެސް ބަހައްޓާފައިވެ އެވެ.

ރަޝިއާ އަކީ މި ވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް އެއް ލައްކަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 470،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ކޮވިޑްގެ މި އުނދަގޫ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން "އައި އެމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއް ވެސް ވަނީ ފަށައިފަ އެވެ.