އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ތިން ދުވަހު
އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ތިން ދުވަހު

އަންނަ ހަފުތާގައި ބޭންކުތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާ އިން ހިދުމަތް ދޭނީ ވެސް މި ތިން ދުވަހު ކަމަށެވެ. އެގޮތުން، ފައިސާ ބަލައިގަނެ، ދޫކުރުމާއި ސިޓީ ފަދަ ތަކެތި ބަލައިގަތުމުގެ ހިދުމަތް ހެނދުނު 09:00 އިން މެންދުރު 12:30 އަށް ހޯދޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އަންނަ ހަފުތާގައި އެމްއެމްއޭ ހުޅުވި ނަމަވެސް ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ.

އެމްއެމްއޭ އިން ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނައީ ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރުމުންނެވެ. އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެކު މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ ނަގައިގެންނެވެ.