އިންސާނުންގެ ލޭ ބޯ އަންހެނެއް
އިންސާނުންގެ ލޭ ބޯ އަންހެނެއް

ފިލްމުތަކުގައި އުޅޭ ކަހަލަ ލޭ ބޯ އަންހެނަކު އޮސްޓްރޭލިއާގައި މިހާރު އެބަ އުޅެ އެވެ. ޖިއޯޖީނާ ކޮންޑަން، 39، ބުނާ ގޮތުގައި ފުރާވަރަށް އެރީއްސުރެ އޭނާ ދަނީ އަމިއްލަ ގައިން ލޭ ބޮމުންނެވެ. އޭނާ ބުނަނީ މިކަމުން އޭނާއަށް އެއްވެސް އުނދަގުލެއް ނުވާ ކަމަށެވެ.

"ގޮޑެސް އެސްތާ"ގެ ނަމުން މަޝްހޫރުވެފައިވާ މި އަންހެންމީހާ ބުނާ ގޮތުގައި ލޭ ބޯން ބޭނުންވުމުން އޭނާ ކްލަބަކަށް ދެ އެވެ. އެންމެ ހައިރާންވާ ކަމަކީ އެ ކްލަބުން މި އަންހެންމީހާއަށް ލޭ ބޯންދޭ ވޮލަންޓިއަރުން ލިބޭ ކަމެވެ. އެފަދަ މީހުން އޭނާ އަށް ލޭ ދެނީ ބޯނެ ވަރަކަށް ބޯށެވެ. އެކަމަކު އެއްވެސް މީހެއްގެ ހުއްދަ ނެތި ލޭ ނުބޯ ކަމަށް އޭނާ ބުނެ އެވެ.

ޖިއޮޖީނާގެ ލޭ ބޯ ސަބަބެއް ކަމަށް ބުނެ އޭނާ ސައިންޓިފިކް ވާހަކަތަކެއް ވެސް ދައްކަ އެވެ. ޖިއޮޖީނާ ބުނަނީ އޭނާގެ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދު ކަމަށާއި އެހެންވެ އެހެންވެ ރެޑް ބްލަޑް ސެލްސް އިތުރުކުރުމަށް ރަތްކޮށް ހުންނަ މަސް ކައި އުޅޭ ބީދައިން އޭނާ ލޭ ބޮނީ ކަމަށެވެ.

ލޭ ބުއިމުން، ލޭ މަދުވާ މައްސަލަ ހައްލުވާކަމަށް ޖިއޮޖީނާ ބުނެފައިވެ އެވެ. އޭނާ ލޭ ބޯހިތްވަނީ ކީއްވެގެންކަން ސައިންސުން ސާބިތުވާނެ ކަމަށް މި މީހާ ބުނެ އެވެ.

"އަހަންނަކީ ސައިންސްވެރިއެއް ނޫން. ނަމަވެސް މީ އަހަރެން ގަބޫލުކުރާ ތިއަރީ އަކީ،" އޮސްޓްރޭލިޔާގެ ނިއުސް ޑޮޓް ކޮމް އަށް ޖިއޮޖީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.