16 ޖޫން 2021 - 19:36

ތިމާވެއްޓާ ބެހޭ ޚާއްސަ މަންދޫބުގެ މަގާމަށް ސަބްރާ އިބްރާހީމް ނޫރައްދީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސަބްރާ އިބްރާހީމް ނޫރައްދީން، މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސަފީރު ފެންވަރު (ސްޓޭޓް މިނިސްޓަރު ފެންވަރު) ގައެވެ.
ސަބްރާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް އިން މާސްޓަސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.
ސަބްރާ، ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަގާމުގަ އެވެ. އަދި ސަބްރާ އަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.