ޓްރަމްޕާ ވައްތަރު މީހަކު ޕާކިސްތާނުގައި ލޮލީ ވިއްކައި ލަވަ ކިޔަނީ
ޓްރަމްޕާ ވައްތަރު މީހަކު ޕާކިސްތާނުގައި ލޮލީ ވިއްކައި ލަވަ ކިޔަނީ

ޕާކިސްތާނުގެ ހިސާބެއްގައި ކޮންމެ މީހަކަށް ހުއްޓުން އަރަނީ ލޮލީ ވިއްކަން އުޅޭ ޑޮނަލްޑް ޓްރަމްޕް" އެއް ފެންނާތީ އެވެ.

އުމުރުން ދުވަސްވީ މި މީހާގެ ހަމުގެ ކުލަ އާއި ބޮލުގެ އިސްތަށިގަނޑާއި އިސްކޮޅު ވެސް ހުރި ގޮތުން ޓްރަމްޕާ މާބޮޑަށް ވައްތަރީ އެވެ.

މި މިހާ ލޮލީ ގާޑިޔަލުގައި މި ވިޔަފާރިއެއް ކުރާތާ މިހާރު ދުވަސްތަވެއްޖެ އެވެ. އެކަމަކު ގިނަ ބައެއްގެ ސަމާލުކަން ކަމަށް އޭނާ އައިސްގެން އުޅެނީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ޝެހެޒާދު ރޯއި އެ މީހާގެ އަޑަށް ތައުރީފުކޮށްފައި އާންމުކުރި ވީޑިއޯއަކާ އެކީގަ އެވެ. އޭގައި ފެންނަނީ ލޮލީ ގާޑިއާ ކައިރީގައި ހުރެހެން މި މީހާ ލަވަ ކިޔާ ތަނެވެ. ޕޯސްޓްގައި ޝެހެޒާދު އެދުނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ހިއްސާކޮށް ދިނުމަށެވެ.

އެއާ އެކު އެ އަންނަން ފެށި ކޮމެންޓްތަކުގައި ބައެއް މީހުން ބުނެފައި ވަނީ އެ މީހާ އަކީ ޕާކިސްތާނުގެ ޕަންޖާބްގެ ސަހިވާލްގައި އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ވަރަށް ކުރިއްސުރެ ވެސް ލަވަކިޔަމުން ގާޑިޔާ ދުއްވަމުން ރަށު ތެރޭގަގައި އުޅޭ މީހެއް ކަމަށް ބުނެފައިވެ އެވެ.

ބައެއް މީހުން ބުނި ގޮތުގައި ޓްރަމްޕްގެ ހަމުގެ ކުލައާ އެ މީހާގެ ހަމުގެ ކުލަ ވައްތަރީ ހަމުގެ ބައްޔެއް ކަމަށްވާ އަލްބިނިޒަމް ހުންނާތީ އެވެ.

ޓްރަމްޕާ ވައްތަރުވެގެން، ކުރިން ނުލިބޭ ވަރުގެ ސަމާލު ކަމެއް ލިބިފައިވާތީ އެ މީހާގެ ލޮލީ (ކުލްފީ) ވިޔަފާވެރި ވެސް ދެން ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް ބައެއް މީހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި މިފަދަ ގޮތްގޮތަށް ސަމާލުކަން ލިބި ސެލްބްރިޓީންނަށްވި މީހުން ވެސް މަދެއް ނޫނެވެ.މީގެ ކުރިން ވެސް ޓްރަމްޕާ ވައްތަރު މީހަކު ފެނުނެވެ. އެ ފަހަރު ފެނުނީ އަލުވި ހައްދުން "ޓްރަމްޕް" ސްޕެއިންގައި އުޅުއްވަނިކޮށެވެ.