16 ޖޫން 2021 - 14:44

ބޮޑެތި ބަދަލުތަކަކާ އެކު ބީއެމްއެލްގެ އާ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރަން ތައްޔާރުވެއްޖެ އެވެ.
ބީއެމްއެލް އިން ބުނީ މިހާރު ބޭނުންކުރާ އެޕްލިކޭޝަނާ އަޅާބަލާއިރު އާ އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި އެޕްލިކޭޝަން ރަސްމީކޮށް ތައާރަފު ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބޭންކުން ބުނީ މި އެޕްލިކޭޝަން ތައާރަފުކުރަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މި ބަދަލުތަކާ އެކު މިހާރަށްވުރެ ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ހޯދޭނެ ކަމަށާއި ކަސްޓަމަރުން ބޭނުންވާ މުހިންމު ބަދަލުތަކެއް އާ އެޕަށް ގެނެސްފައިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ މޯބައިލް ބޭންކިން ތައާރަފު ކުރި ބޭންކެވެ، އެ ބޭންކުން އެންމެ ފުރަތަމަ މި ހުމަތް ފެށީ 2015ގަ އެވެ.
އެ ބޭންކުން އަންނަނީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބީއެމްއެލް އެކައުންޓުތަކަށް ފައިސާ ފޮނުވައި ޕޭމަންޓުތައް ހެދޭނެ އެވެ. އަދި ބޭންކުން ބޭނުންވާ ތަފާތު ހިދުމަތްތަކަށް އެދުމުގެ ފުރުސަތުވެސް މޯބައިލް ބޭންކިން މެދުވެރިކޮށް ވަނީ ހުޅުވާލައިފަ އެވެ.