15 ޖޫން 2021 - 17:21

އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް ހަދައިފި އެވެ.
އައިޖީއެމްއެޗްގެ މައި ދޮރާށި ކުރިމައްޗަށް ވާގޮތަށް ހަދާގައިވާ މި ޓެކްސީ ސްޓޭންޑަކީ 1.25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޓެކްސީ ސްޓޭންޑެކެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޓެކްސީ ސްޓޭންޑެއް ހެދީ އައިޖީއެމްއެޗް ދޮރާށި ކައިރިން ޓެކްސީގެ ހިދުމަތް ހޯދަން އާއްމުނަނަށް ދަތިތަކާ ދިމާވާތީ އެކަމަށް ހައްލު ހޯދައި ދިނުމަށް ކަަމަށެވެ. އެގޮތުން، ވިއްސާރަ ދުވަސްވަރު ދޮރާށި ކައިރީގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ކުރިން އާއްމުން ކަންބޮޑުވި ނަމަވެސް މިހާރު އެކަމަކަށް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ކުރިއަށް އޮތްތާނގައި ވެސް އިޖުތިމާއީ ޒިންމާގެ ދަށުން އާއްމުންނަށް އެހީވުމަށް މިފަދަ ޕްރޮޖެކްޓުތައް ހިންގާނެ ކަމަށެވެ.