ކޮވޑް-19: ވިލާ ކޮލެޖުން ކައުންސިލްތަކަށް 20،000 މާސްކް ހަދިޔާ ހަދިޔާކޮށްފި
ކޮވޑް-19: ވިލާ ކޮލެޖުން ކައުންސިލްތަކަށް 20،000 މާސްކް ހަދިޔާ ހަދިޔާކޮށްފި

ވިލާ ކޮލެޖްގެ ކެމްޕަސް ހުންނަ ހަ ރަށެއްގެ ކައުންސިލްތަކަށް އެ ކޮލެޖުން 20،000 މާސްކް މިއަދު ހަދިޔާކޮށްފި އެވެ.

ކޮލެޖްގެ ކެމްޕަސް ހުންނަ ރަށްރަށުން ކައުންސިލްތަކާ މި މާސްކްތައް ހަވާލުކޮށްފައި ވަނީ އެ ކައުންސިލްތަކާ އެކު ބޭއްވި ހާއްސަ ރަސްމިޔާތުތަކެއްގަ އެވެ.

ވިލާ ކޮލެޖުން ބުނީ ކައުންސިލްތަކަށް މާސްކް ހަދިޔާކުރީ ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ކައުންސިލްތަކަށް އެހީވުމުގެ ގޮތުން ކަމަށެވެ.

މާސްކްތައް ހަދިޔާކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ ކެމްޕަސް، ށ. ފުނަދޫ ލޭކްސައިޑް ކެމްޕަސް، ޅ. ނައިފަރު ކެމްޕަސް، އދ. މަހިބަދޫ ކެމްޕަސް، ލ. ގަން ކެމްޕަސް އަދި ސ. ހިތަދޫ ކެމްޕަހުންނެވެ.

މިއަދު މާސްކް ހަދިޔާކޮށްފައި ވަނީ ރަށްރަށުގެ ކެމްޕަސްތަކުން އެކަންޏެވެ. ރަށްރަށުގެ ކެމްޕަސްގެ އިތުރުން އެ ކޮލެޖްގެ ކެމްޕަސްއެއް ދެން ހުންނަނީ މާލެ އަދި ހުޅުމާލޭގަ އެވެ. އެއީ މާލެ ކިއުއައި ކެމްޕަސް އާ ހުޅުމާލެ ކެމްޕަސް އެވެ.

އެ ކޮލެޖުން ވަނީ ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން ދަރިވަރުންނަށް ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް އާ ހަމައަށް ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދީފަ އެވެ.