ޓްރީ ޓޮޕްގެ ހިދުމަތްތައް ގޭގެ އަށް!
ޓްރީ ޓޮޕްގެ ހިދުމަތްތައް ގޭގެ އަށް!

ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ރައްކާތެރިކަމާ އެކު ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ ހިދުމަތެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ. އެ ހޮސްޕިޓަލުގެ "ހޯމް ކެއާ ސާވިސް" ހިދުމަތުން ގޭގައި ތިބެގެން ވެސް ފަސޭހަކަމާާ އެކު ޑޮކްޓަރަށް ދައްކާލެވޭނެ އެވެ.

ޓްރީ ޓޮޕްގެ ހިދުމަތްތައް ގޭގެ އަށް!
ޓްރީ ޓޮޕްގެ ހިދުމަތްތައް ގޭގެ އަށް!

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިދުމަތުގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ ގަޑިއެއް ކުރިއާލައި ބުކް ކުރެވޭނެ އެވެ. މިއީ ހިނގަން އުނދަގޫ ޕޭޝަންޓުންނާއި އުމުރުން ދުވަސްވީ މީހުންނާއި ގެއިން ބޭރަށް ދިއުމަށް އުޒުރުވެރިވާ ޕޭޝަންޓުންނަށް ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ގޭގައި ހުރެ ޑޮކްޓަރަށް ދެއްކުމަށް ލިބޭ ފުރުސަތެކެވެ.

ޓްރީ ޓޮޕްގެ ހިދުމަތްތައް ގޭގެ އަށް!
ޓްރީ ޓޮޕްގެ ހިދުމަތްތައް ގޭގެ އަށް!

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިދުމަތުގެ ދަށުން އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ސުޕަސްޕެޝަލިސްޓުންނަށް ވެސް ދައްކާލެވޭނެ އެވެ. މީގެ އިތުރުން އެކި ޓެސްޓުތައް ހެދުމަށް ސާމްޕަލް ނެގުމާއި ކޮވިޑް ޓެސްޓް ހެދުމާއި ބޭނުންވާ ބޭސް ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޑެލިވަރީކޮށްދެ އެވެ. އަދި ބްލަޑް ޕްރެޝާ އާއި ހަކުރު ހުރި ވަރު ޗެކް ކުރުމުގެ އިތުރުން ބޭސް އަޅައި ދިނުމުގެ ހިދުމަތް ވެސް ގޭގެ އަށް ގޮސް ފޯރުކޮށްދޭނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މި ހާއްސަ ހިދުމަތުގެ ތެރެއިން ފިޒިއޯތެރެޕީ އާއި ސްޕީޗް ތެރެޕީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ. ކޮވިޑްގެ މި އުނދަގޫ ހާލަތުގައި ވެސް ރައްކާތެރިކަމާ އެކު މިފަދަ ހިދުމަތްތައް ހޯދުމަށް، އޭރުން ފުރުސަތު ލިބޭނެ އެވެ.

ޓްރީ ޓޮޕް އިން ބުނީ ގޭގެ އަށް ގޮސް ހިދުމަތްތައް ދިނުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމަށެވެ. އެގޮތުން ހިދުމަތްތައް ދިނުމުގައި އިންފެކްޝަން ކޮންޓްރޯލް ޕްރޮޓޮކޯލްތަކަށް ވަރަށް ހާއްސަ އިސްކަމެއް ދޭނެ އެވެ. ގޭގެ އަށް ގޮސް ހިދުމަތް ދޭނީ ޕީޕީއީގައި ކަމަށާއި ބޭނުން ކުރާ އިކުއިޕްމެންޓްތަކާއި ވެހިކަލް ވެސް ކޮންމެ ދަތުރަކަށް ފަހު ސެނިޓައިޒް ކުރެވޭނެ ކަމަށެވެ.

ހޯމް ސާވިސް ދިނުމުގައި އެ ހޮސްޕިޓަލުން ބޭނުން ކުރާނީ އެންމެ ޒަމާނީ ސިއްހީ އިކުއިޕްމެންޓްތައް ކަމަށް ވާތީ، ގޭގެއަށް ގޮސް ވެސް ޕޭޝަންޓުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ހިދުމަތަށް އެދުމަށް 3351610 ނުވަތަ އީމެއިލް އެޑްރެސް[email protected]އަށް މެއިލް ކޮށްގެން ރިކުއެސްޓް ކުރެވޭނެ އެވެ.