14 ޖޫން 2021 - 14:02

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓުކޮށް ޔޫރޯ 2020ގެ މެޗުތައް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރު ކުރީކޮޅު ތައާރަފުކުރި އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކީ ދިރާގު ކަސްޓަމަރުންނަށް އެ މީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ކަސްޓަމައިޒް ކުރެވޭގޮތަށް ތައާރަފު ކުރި ޕްލޭނެކެވެ. އެގޮތުން، މި ޕްލޭން މެދުވެރިކޮށް ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓުކޮށްލެވޭނެ އެވެ.
މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް"އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭ ގޮތްވެސް ދިރާގުން ވަނީ ހަދައިފަ އެވެ. ވެލިއު ޕެކުތަކުގެ ތެރޭގައި ޗެޓާއި ސޯޝަލް މީޑިއާ އާއި ވޮއިސް އާއި ޑޭޓާ އަދި ސްޓްރީމިން އެޑްއޮންތައް ކަމަށްވާ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އާއި ނެޓްފްލިކްސް އާއި އެމޭޒަން ޕްރައިމް އާއި ޔޫޓިއުބް އަދި ޓިކްޓޮކަށް ހާއްސަ އެޑްއޮންތައް ހިމެނެ އެވެ. އަދި ރާއްޖޭން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕެކްސްވެސް މީގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
ދިރާގުން ބޫނީ އެ ކުންފުނިން ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިންގެ ތެރޭގައި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ކޮށް ފޯރުކޮށްދިނުން ކަމަށެވެ.