މާލެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އަނެއްކާ ވެސް 100 އިން މައްޗަށް
މާލެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އަނެއްކާ ވެސް 100 އިން މައްޗަށް

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ 100 އިން ދަށަށް ދިޔަ ނަމަވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ އަދަދު އަނެއްކާ ވެސް މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ، އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ނެގި 3،734 ކޮވިޑް ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން 113 މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 224 މީހެކެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވި 104 މީހަކާއި މާލެ ސަރަހައްދުން 113 މީހަކާއި ރިސޯޓުތަކުން ހަތް މީހެކެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައި މިވަނީ، މަސް ދުވަހަށް ފަހު އެ އަދަދުތައް އިއްޔެ 100 އިން ދަށްވުމަށް ފަހު އެވެ.

ރާއްޖެ އިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު 70،301 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 9،326 އެކްޓިވް ކޭސް ހިމެނެ އެވެ. އަދި އިތުރު 1،937 މީހަކު ކޮވިޑުން ރަނގަޅުވެ، ޖުމުލަ އަދަދު ވަނީ 60،769 އަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގަިއ ފަރުވާ ދެމުން އަންނަނީ 88 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދަކީ 197 އެވެ.