13 ޖޫން 2021 - 22:37

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން މާދަމާ ފަށާ ކޮޕާ އެމެރިކާގެ މެޗުތައް ވެސް ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އިން ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މެޗުތައް ބެލޭ ގޮތް ހެދީ ކޮޕާ އެމެރިކާ އާއި ޔޫރޯ އަކީ ވެސް ދިވެހިންގެ މެދުގައި މަގުބޫލު ދެ މުބާރާތައް ވެފައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ގޭގައި ތިބެގެން މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
މުނިފޫހި ފިލުވުމުގެ ގިނަ ޗެނަލްތައް ހިމެނޭ ދިރާގު ޓީވީ މެދުވެރިކޮށް އެޗްޑީ ކޮލިޓީގައި އެއް ޑިވައިސްއަށްވުރެ ގިނަ ޑިވަސްއިން އެއްފަހަރާ މިހާރު މެޗުތައް ބެލޭނެ އެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލައި މަހަކު އެންމެ 65ރ. ދައްކައިގެން މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތަކެއް ވެސް ބަލައިލެވޭނެ އެވެ.
މީގެ އިތުރުން ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ މެދުވެރިކޮށް ޗެނަލްތައް ބަލާ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ހަރަދެއް ނުހިނގާނެ އެވެ. މި އެޕް މެދުވެރިކޮށް ފޯނު ފަދަ ޑިވައިސްތަކުން ވެސް ޓީވީ ބެލޭނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ސިއްހީ މާހިރުން ލަފާ ދީފައިވާއިރު ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބުމަށް އެހީވުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭއިރު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓްކޮށްގެންނާއި ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްގެން ވެސް ޔޫރޯގެ މެޗުތައް ބަލައިލެވޭނެ އެވެ.
ކޮޕާ އެމެރިކާގެ މެޗްތައް ފަށާނީ މާދަމާ ރާއްޖޭ ގަޑިން މެންދަމު 2:00ގަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ކަމަށެވެ.