ދިރާގާ ގުޅިގެން "މިހާރު" އިން ޔޫރޯ އަށް ހާއްސަ ކުއިޒެއް
ދިރާގާ ގުޅިގެން "މިހާރު" އިން ޔޫރޯ އަށް ހާއްސަ ކުއިޒެއް

"ޔޫރޯ 2020" އަށް ހާއްސަ ކޮށްގެން، ދިރާގާ ގުޅިގެން "މިހާރު" އިން ހާއްސަ ކުއިޒެއް ތައާރަފުކޮށްފި އެވެ.

ރޭ ފެށި މި ފަހަރުގެ ޔޫރޯ މުބާރާތުގެ އެޑިޝަންގައި ކިޔުންތެރިންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި "މިހާރު" އިން ހުޅުވައިލި ކުއިޒުން އެއް ވަނަ ހޯދާ މީހަކަށް ލިބޭނީ ލޮޓަސް ބައިކް ޝޮޕުން ހުށަހަޅައިފައިވާ "އައިމާ އިން މައިން" އިލެކްޓްރިކް ސްކޫޓަރެކެވެ.

ދެވަނަ ނަސީބުވެރިއެއްގެ އިނާމަކީ އެންސިސްގެ ފަރާތުން ހުށަހަޅައިފައިވާ 5،000ރ. ގެ އަގުހުރި ގިފްޓް ވައުޗަރެކެވެ. ވެލިގާ ހާޑްވެއާގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ، 5،000ރ. ގެ އަގު ހުރި ގިފްޓް ވައުޗާއެއް ވެސް ލިބޭނެ އެވެ.

ކުއިޒުގެ ތިންވަނަ އިނާމަކީ "ޑެލްޓާ ކިއު" ކޮފީ މެޝިނަކާއި އިން ހުށަހަޅައިފައިވާ 2،000ރ. ގެ ގިފްޓް ވައުޗާ އެކެވެ. "ޑެލްޓާ ކިއު" ކޮފީ މެޝިނެއް ހުށަހަޅާފައި ވަނީ އެކްސީޑުންނެވެ. އަދި 2،000ރ. ގެ ގިފްޓް ވައުޗާއެއް ދެނީ މިނިސޯ އިންނެވެ.

އަންނަ މަހުގެ 12 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކުއިޒުގައި ޔޫރޯއާ ގުޅޭ ހާއްސަ ދާއިރާތަކުން ސުވާލުތައް ހިމަނާފައި ވެ އެވެ.

އެ މުއްދަތާ ހަމައަށް އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދޭ ތިން މީހަކު ހޮވައި އިނާމު ދޭނެ އެވެ. ކުއިޒުގައި ގިނަ ބަޔަކު އެއްވަރު ވެއްޖެ ނަމަ ވަނަވަނަ އަށް ދާ ބަޔަކު ހޮވާނީ ގުރު ނަގައިގެންނެވެ.

ޔޫރޯ އަށް ހާއްސަކޮށް "މިހާރު" އިން ވަނީ ފެންޓަސީ ލީގެއް ވެސް ތައާރަފު ކޮށްފަ އެވެ.