11 ޖޫން 2021 - 11:52

މިރޭ ފަށާ "ޔޫރޯ 2020" އަށް ހާއްސަކޮށްގެން އެސްޓީއޯއިން ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
"ޔޫރޯފޯރިއާ" ގެނަމުގައި އެސްޓީއޯ ހޯމް އިމްޕްރޫވަމަންޓުން ފެށި މި ޕްރޮމޯޝަނުގައި އެ ފިހާރައިން ލިބެން ހުންނަ ތިން ބްރޭންޑެއްގެ ޓީވީތަކުން ހާއްސަ އޮފާތައް ލިބޭނެ އެވެ. އެއީ ހިޓާޗީ އާއި ސެމްސަން އަދި ފިލިޕްސް ބްރޭންޑުގެ ޓީވީތަކެވެ.
ޓީވީތަކުގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ފިލިޕްސް ބްރޭންޑުގެ ސައުންޑުބާތަކުން ވެސް ހާއްސަ އޮފާތަކެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނާއެކު އެސްޓީއޯއިން ސޯޝަލް މީޑިއާގައި މުބާރާތެއް ވެސް ކުރިއަށްގެންދާނެ އެވެ. މި މުބާރާތުގައި ރަނގަޅު ޖަވާބު ފޮނުވާ މީހުންގެ މެދުގައި ގުރުއަތު ނަގާނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް ފިލިޕްސް ބްރޭންޑުގެ 65 އިންޗީގެ ޓީވީއަކާއި ސައުންޑް ބާއެއް ލިބޭނެ އެވެ.
މި މުބާރާތުގެ ގުރުއަތުލުން ކުރިއަށްދާނީ ސޯޝަލް މީޑިއާގައި ލައިވްކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ.