މާލެއިން ކޮވިޑްގެ 163 ކޭސް؛ 1،663 މީހަކު ރަނގަޅުވި
މާލެއިން ކޮވިޑްގެ 163 ކޭސް؛ 1،663 މީހަކު ރަނގަޅުވި

ފާއިތުވި 24 ގަޑިއިރު ނެގި 3،819 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 323 މީހެއް ކަމަށާއި އޭގެ ތެރެއިން މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 163 ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ 143 މީހެކެވެ. އަދި ރިސޯޓުތަކުން ނުވަ މީހަކާއި ސަފާރީތަކުން އަށް މީހަކު ޕޮޒިޓިވްވި އެވެ.

މި ފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވެ، ބަލިން ރަނގަޅުވާ މީހުންގެ އަދަދުތައް އިތުރުވެފައި ވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 1،663 މީހަކު ބަލިން ރަނގަޅުވި އެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު 69،536 މީހުންގެ ތެރެއިން 55،055 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. މިވަގުުތު އެކްޓިވް ކޭސްތައް އުޅެނީ 14،281 ގަ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައް އިއްޔެ 140 އިން މަތީގައި ހުރި ނަމަވެސް މިއަދު އެ އަދަދު އުޅުނީ 115 އަށް ދަށްވެފަ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 191 އެކެވެ.

ރާއްޖެއިން ކޮވިޑްގެ ވެކްސިން ޖެހި މީހުންގެ އަދަދުތަކަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް، 313،485 މީހަކު ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކުރީ 175،930 މީހެކެވެ.