އުރީދޫ މެދުވެރިކޮށް ސޮނީ ލިވް ޕްރީމިއަމް އިން ޔޫރޯ މެޗްތައް
އުރީދޫ މެދުވެރިކޮށް ސޮނީ ލިވް ޕްރީމިއަމް އިން ޔޫރޯ މެޗްތައް

އުރީދޫ ކަސްޓަމަރުންނަށް ޔޫރޯ 2020 ގެ މެޗްތައް ގެނެސްދިނުމަށް، އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެއް ކަމަށްވާ ސޮނީ ލިވް ގުޅިއްޖެ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫން މިއަދު ވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަނާ އެކު މެޗުތައް ބަލައިލުމަށް 20ޖީބީ ގެ ޑޭޓާ އެންމެ 250ރ. އަށް ލިބޭ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. "ޔޫރޯ 2020 ޕެކް"ގެ ނަމުގައި ތައާރަފްކުރި މި ޕެކޭޖު 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ. މި ޕެކޭޖު ބޭނުންކުރާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑް ކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުން ކުރެވޭނެ އެވެ.

ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް ދެ ޖީބީ ޑޭ މަންތްލީ ޕްލޭން، ސުޕަނެޓް 50އެމް އަދި 100އެމް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް ސަބްސްކްރައިބް ކުރުމުން މުޅިން ހިލޭ ލިބޭނެ އެވެ.

މި އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600 އާއި އާޗާ ޕޯސްޓްޕެއިޑް 800 އާއި އާޗާ ޕްރިޕެއިޑް 2 ޖީބީ ޑޭ މަންތްލީ ޕްލޭންގެ އިތުރުން ސުޕަނެޓް 50 އެމް އާއި 100 އެމް އަށް ނަގާ ކަސްޓަމަރުންނަށާއި އަލަށް ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އަންނަ ހުކުރު ދުވަހުން ފެށިގެން ސޮނީ ލިވް ގެ ޕްރީމިއަމް ކޮންޓެންޓް އެއް މަސް ދުވަހަށް ލިބޭނެ އެވެ. އާޗާ ޕޯސްޓްޕެއިޑް 1000 ނަގާފައިވާ މީހުންނާއި އެ ޕެކޭޖް އަލަށް ނަގާ މީހުންނަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް ލިބޭނެ އެވެ.

އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ އަށް ހާއްސަ ކޮށްފއިވާ ޑޭޓާ ބޭނުންކޮށްގެން ވެސް ޔޫރޯގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ، ފުޓުބޯޅައަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެއް ކަމަށެވެ. މިފަހަރުގެ ޔޫރޯ މުބާރާތުން ވެސް މިފަދަ މަންޒަރެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިގު އިންތިޒާރަކަށް ފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫއެފާ ޔޫރޯ 2020 ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ހަމަ އެ ފޯރީގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް އާއެކު މި ތައާރަފް ކުރެވުނު އޮފާތައް މެދުވެރިކޮށް، ކޮންމެތާކު ތިއްބަވައިގެން ވެސް ޔޫރޯގެ މެޗުތައް ބަލާއިލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ހިދުމަތެކެވެ.