ކުއްލިއަަކަށް ލިބުނު ވަޒީފާ އިން ޕޭޖް ވީ ލީޑަރަކަށް
ކުއްލިއަަކަށް ލިބުނު ވަޒީފާ އިން ޕޭޖް ވީ ލީޑަރަކަށް

ކާޑިފް (ޖޫން 10) - ގެވެށި އަނިޔާގެ މައްސަލައެއްގައި މިދިޔަ އަހަރު ނޮވެމްބަރުގައި ރަޔާން ގިގްސް ހައްޔަރު ކުރުމުން، ގައުމީ ޓީމުގެ ކޯޗުކަން ހަވާލު ކުރީ އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި ރޮބް ޕޭޖް އަށެވެ. ގައުމީ ޓީމުގެ ކޯޗުކަމަކީ އޭނާ އުންމީދުކޮށްގެން ހުއްޓައި ލިބުނު ވަޒީފާއެއް ނޫނެނެވެ.

ކުއްލިއަަކަށް ލިބުނު ވަޒީފާ އިން ޕޭޖް ވީ ލީޑަރަކަށް
ކުއްލިއަަކަށް ލިބުނު ވަޒީފާ އިން ޕޭޖް ވީ ލީޑަރަކަށް

ގިގްސްގެ ފިލޯސަފީ އާއި ޕޭޖްގެ ފިލޯސަފީ މުޅިން ތަފާތެވެ. ކުރިން ކުޅުންތެރިންނަށް އޭނާ ފެނިފައި ވަނީ ގިގްސް އަށް އެހީވާން ހުރި ކޯޗުގެ ގޮތުގަ އެވެ. ނުވަތަ ގިގްސް އަންގާ ގޮތަށް ޓްރެއިނިންތައް ބައްޓަން ކުރަން ހުންނަ ކޯޗުގެ ގޮތުގަ އެވެ.

ކުއްލިއަަކަށް ލިބުނު ވަޒީފާ އިން ޕޭޖް ވީ ލީޑަރަކަށް
ކުއްލިއަަކަށް ލިބުނު ވަޒީފާ އިން ޕޭޖް ވީ ލީޑަރަކަށް

ކުޅުންތެރިންނާ އޭނާ ޑީލް ކުރާ ގޮތެއް ކުރިއަކުން ފެނިފައެއް ނުވެ އެވެ. ވަގުތީ ގޮތުން ގައުމީ ޓީމުގެ ކޯޗްކަން އޭނާއާ ހަވާލު ކުރުމުން، ޕޭޖްގެ ލީޑާޝިޕް ފާޅުވި އެވެ. އޭނާއަކީ ފަސޭހަ ކޯޗެއް ނޫން ކަމާއި ކުޅުންތެރިންނަށް ފަސޭހަ އިން ހައްލާލެވޭނެ މީހެއް ނޫންކަން އޭނާ ސާބިތުކޮށްދިނެވެ. ވަޓްފޯޑްގެގެ ކުރީގެ ކެޕްޓަނަކީ ކުޅެން އުޅުނު ދުވަސްވަރު ވެސް ވަކި ސްޓޭންޑަޑްތަކެއް އެކަށައެޅި މީހެކެވެ. ކޯޗަކަށް ވުމަށް ފަހު ވެސް އޭނާ އެ ސްޓޭންޑަޑްތައް ކަނޑައެޅި އެވެ.

"ކުޅުންތެރިން މަސައްކަތުގައި ފަސޭހަ ކޮށްލާކަށް އޭނާ ފުރުސަތެއް ނުދޭނެ،" ޕޭޖްއާ އެކު ޝެފީލްޑް ޔުނައިޓެޑަށް ކުޅުނު މައިކަލް ޓޯންޖް ބުނެފައިވެ އެވެ.

"މަސައްކަތް ދަށަށް ދިއުމުން އަބަދުވެސް ކުޅުންތެރިންނަށް ބޭނުންވާނެ ހަނދާންކޮށްދޭނެ މީހެއް. ޓީމުގައި އެކަން ކުރާ މީހަކީ އޭނާ."

އޭނާއާ އެކު މަސައްކަތް ކުރާނަމަ ކުޅުންތެރިން 100 ޕަސެންޓް ދޭން މަޖުބޫރު ކުރުވަ އެވެ. އެކަން ކުޅުންތެރިންގެ ކިބައިން ނުފެންނަ ނަމަ، އެ ކުޅުންތެރިންނަށް ޕްރެޝަރު ކުރުމުގައި އޭނާ ފަހެއް ނުޖެހެ އެވެ. މާޗު މަހު ވޭލްސްގެ ތިން ކުޅުންތެރިން ކަމަށްވާ، ވެސްޓް ބްރޯމްގެ ރޮބްސަން ކާނޫ، ރާބައި މެޓޯންޑޯ އަދި ޓައިލާ ރޮބަޓްސް ގެ އަށް ފޮނުވައިލި އެވެ.

މިއީ ޓީމު ބޮސްއަކީ، ޕޭޖްކަން ކުޅުންތެރިންނަށް އަންގައިދިން ނިންމުމެކެވެ. ކިތަންމެ ހައިޕްރޮފައިލް ކުޅުންތެރިޔަކަށް ވިޔަސް އެ ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަން ޕޭޖް ސާބިތު ކޮށްދިނެވެ.

ކުޅުނު ދުވަސްވަރު ވެސް އޭނާ އަކީ މިޒާޖުގައި ހަރުކަށި ކަމެއް ހުރި ކުޅުންތެރިޔެކެވެ. އޭނާގެ ފުރަސްޓްރޭޝަން ހާމަކުރުމުގައި ފަސް ނުޖެހެ އެވެ. ވޭލްސްގެ ޑިފެންޑަރު ކްރިސް މީފަމް ބުނީ، ޔޫރޯ އަށް ތައްޔާރުވުމަށް އަލްބޭނިއާއާ ދެކޮޅަށް ވޭލްސް ކުޅުނު މެޗުގެ ފުރަތަމަ ހާފު ދިޔަ ގޮތުން ހާފް ޓައިމްގައި ޕޭޖްގެ ހިތްހަމަނުޖެހުން ވަަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ.

ކޮވެންޓްރީ ސިޓީގައި ޕޭޖް ކުޅެން އުޅުނު އިރު ޕްރެކްޓިހުގައި މައިކަލް ޑޮއިލްއާ މެދު ހިތްހަމަނުޖެހި ހިނގި ކުރިމަތިލުމުގައި ޕޭޖްގެ އަތަށް ގެއްލުންވި އެވެ. އެހެންނަމަވެސް އެންމެ ބޮޑު އަނިޔާއެއްވީ ޑޮއިލް އަށެވެ. އޭނާގެ ތިން ދަތް ބިންދައިލި އެވެ.

ޕޭޖްއާ އެކު ވަޓްފޯޑަށް ކުޅުނު ޕައިލް ރޮބިންސަން ބުނީ، ކުޅުނުއިރު ވެސް ދަނޑުމަތީގައި ހުރެގެން ކުޅުންތެރިން ރަނގަޅު ޕޮޒިޝަންގައި ތިބުމަށް ބާރުއަޅައި ޕޭޖް ހަޅޭއް ލަވާނެ ކަމަށެވެ. އޭނާގެ އެ ކެރެކްޓާ މިހާރު ވެސް ހުރީ އެގޮތަށެވެ. އޭނާގެ ހަރުކަށި މިޒާޖަކީ މިފަހަރު ޔޫރޯގައި ވޭލޭސްގެ ޓީމު ނަތީޖާތައް ރަނގަޅުވުމަށް އޮތް އެންމެ ބޮޑު ސަބަބަށް ވެދާނެ އެވެ.