09 ޖޫން 2021 - 16:42

މާލޭ ސިޓީ ކައުންސިލަކީ ޓްރާންސްޕޭރަންޓް ކައުންސިލަކަށް ހެދުމުގެ ގޮތުން އެ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަށް ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ވިދާޅުވީ، މި ނިންމުމަކީ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރުމުގެ ގޮތުން އެ އޮފީހުގެ އައިޓީ ޑިޕާޓްމަންޓުން އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލް އިދާރާގެ ޓްރާންސްޕޭރެންސީ ކަށަވަރު ކުރުމުގެ ގޮތުން ހުރިހާ ކައުންސިލަރުންގެ މާލީ ބަޔާނުގެ ތަފްސީލް ކައުންސިލް ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމާ މެއި މަހު ހަވާލުވެވަޑައިގެންނެވި މުއިއްޒު ވަނީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެކި ފިޔަވަޅުތައް އެޅުމަށް ނިންމައިފަ އެވެ.