ޔޫރޯ ބަލަން ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރަނީ
ޔޫރޯ ބަލަން ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރަނީ

އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށް، ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ ޕްރޮޖެކްޓަރު ބޭނުންވާ ކްލަބު ޖަމްއިއްޔާ ޖަމާއަތްތަކުން އެ ޖަމްއިއްޔާގެ ރަސްމީ ލެޓާ ހެޑާއި ސްޓޭމްޕް ޖަހާފައިވާ ސިޓީއެއް މިނިސްޓްރީ އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. މެއިލް ކުރުމުގެ ފަހު ވަގުތަކީ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިއެވެ. މެއިލް ކުރާނީ[email protected]އަށެވެ.

އެ މިނިސްޓްރީން ބުނީ، އެ ޕްރޮޖެކްޓަރުތަކަކީ ޔޫރޯ އާ ގުޅިގެން "ޗައިނާ އެއިޑް"ގެ ފަރާތުން ލިބިފައިވާ ޕްރޮޖެކްޓަރުތަކެއް ކަމަށެވެ.

ދޫކުރާނީ ކިތައް ޕްރޮޖެކްޓަރުތޯ ސުވާލު ކުރުމުން، މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، އެކަން ކަނޑައަޅާނީ ސިޓީ ހުށަހަޅާ އަދަދަކަށް ބެލުމަށް ފަހު ކަމަށެވެ.

މިދިޔަ އަހަރު ބާއްވަން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް މި އަހަރަށް ފަސް ކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ކުޅޭނީ ތުރުކީ އާއި އިޓަލީ އެވެ.