ދަނގެތީ ފަޅުގައި އޮތް ސަފާރީއަކުން މޫދަށް ފޭބި މީހަކު ނުފެނިގެން ބެލި އިރު މަރުވެފައި
ދަނގެތީ ފަޅުގައި އޮތް ސަފާރީއަކުން މޫދަށް ފޭބި މީހަކު ނުފެނިގެން ބެލި އިރު މަރުވެފައި

އދ. ދަނގެތީ ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން އިއްޔެ މޫދަށް ފޭބި ދިވެހި ޒުވާނެއްގެ ޚަބަރެއް ނުވެގެން ހޯދި އިރު މަރުވެފައި އޮއްވައި މޫދު އަޑިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ "ބްލޫ ފޯސް 1" ސަފާރީން މޫދަށް ފޭބި ފަހުން މަރުވެފައި އޮއްވައި ފެނުނީ އުމުރުން 32 އަހަރުގެ މުމްތާޒް ހުސައިން ކަމަށެވެ. އެއީ ރ. އިނގުރައިދޫ މީހެކެވެ.

މުމްތާޒް ގެއްލިގެން ހޯދަނިކޮށް ފެނުނީ ފުލުހުން ބުނި ގޮތުގައި ސަފާރީއާ ދިމާލު މޫދު އަޑީގައި އޮއްވަ އެވެ. އަދި އޭނާ ނެގި އިރު ވެސް ހަރަކާތެއް ނެތް ކަމަށް ބުންޏެވެ.

"އެ މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިއާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން މީޑިއާ ފޮނުވި މެސެޖެއްގައިވެ އެވެ.

މިކަން ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. ފުލުހުން ބުނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.