ކޮވިޑު-19: ބަލިން 1،700 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ
ކޮވިޑު-19: ބަލިން 1،700 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ

ކޮވިޑު-19 އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،700 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ބަލިން މުޅިން އަލަށް 1،758 މީހުން ފަސޭހަވެފައިވާ ކަމަށެވެ. އެހެންވެ، ކޮވިޑުން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު 49،844 އަށް އަރައި އެކްޓިވް ކޭސްތައް 18،462 އަށް މަދުވެފައި ވެ އެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ދޭތެރޭގައި 5،043 ސާމްޕަލް ޓެސްޓުކުރި އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 552 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 271 މީހުންނާއި އެކި ރަށްރަށުން 249 މީހުންނާއި ރިސޯޓުތަކުން 31 އަދި ތަރައްގީކުރަމުން އަންނަ ރަށަކުން މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް 68،502 އަށް އަރާފައި ވެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން މި ވަގުތު 187 މީހަކަށް ފަރުވާ ދެ އެވެ.