07 ޖޫން 2021 - 18:30

ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު މިއަދު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެންދަމަން ފާބައިގެން ހާލު ދެރަވި ފިރިހެނަކު ދެއްވަދުއަށް ގެންދާކަމުގެ މައުލޫމާތު ހަވީރު 4:40 ގައި ލިބުނު ކަމަށެވެ.
އުމުރުން 59 އަހަރުގެ ފިރިހެން މީހާ ދެއްވަދުއަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ އެވެ.
އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވިދާޅުވި އެވެ.