އުރީދޫ ފެންޓަސީ ލީގު: ޕީއެސް 5އަކާއެކު އަގުހުރި އިނާމުތަކެއް
އުރީދޫ ފެންޓަސީ ލީގު: ޕީއެސް 5އަކާއެކު އަގުހުރި އިނާމުތަކެއް

ޔޫރޯ 2020އާ ގުޅުވައިގެން އުރީދޫން "އުރީދޫ ފެންޓަސީ ލީގް"ގެ ނަމުގައި މުބާރާތެއް މިއަދު އިއުލާނު ކޮށްފި އެވެ.

މިއީ އުރީދޫން މިގޮތަށް ކުރިއަށް ގެންދާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތް ކަމަށް ވާއިރު ވަނީ 2018 ގެ އަހަރުގެ ފީފާ ވޯލްޑް ކަޕާ ގުޅުވައިގެން ވެސް ވޯލްޑްކަޕް ފޯރި ފެންޓަސީ ލީގެއް ބޭއްވި އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ މުބާރާތުގައި ބައިވެރިވާ މީހުންގެ ތެރެއިން މުބާރާތް ނިމޭއިރު އެެންމެ މަތިން ވަނަ ހޯދާ 10 މީހަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އިނާމުތައް ހުށަހަޅާފައިވަނީ މި ލީގުގެ ޕާޓްނަރުން ކަމަށްވާ ވެސްޓޯ އޮންލައިނާއި ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީސްޕޯޓްސް އިން ކަމަށް އުރީދޫން ބުނެ އެވެ.

- އެއްވަނަ އިނާމު: ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5، ބްލޫރޭ އެޑިޝަން.

- ދެވެނަ އިނާމު: ހައިސެންސް ބައި ރެޑްވޭވްގެ ފަރާތުން ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ.

- ތިންވަނަ އިނާމު: ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000ރ. ގެ ގިފްޓް ވައުޗާ.

- ހަތަރުވަނައިން ފެށިގެން 10 ވަނައަށް ދާ ކޮންމެ މީހަކަށް ސޮނީ ސްޕޯޓްސް އިން 500ރ. ގެ ގިފްޓް ވައުޗާއެއް.

ޔޫރޯ 2020 ފެންޓަސީ ފުޓްބޯޅައަކީ ޔޫރޯ 2020ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހުތިޔާރު ކުރުމަށް ފަހު "ޑްރީމް ޓީމެއް" މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބޭނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ. ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށް ވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެ އެވެ.

އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް http://ore.do/fantasyeuro20 ޒިޔާރަތް ކޮށްގެން ނުވަތަ 64OXKZRT08 ކޯޑު ބޭނުންކޮށްގެން ބައިވެރިވެވޭނެ އެވެ.