ބުސްކެޓްސް ޕޮޒިޓިވްވުމުން ސްޕެއިންގެ ޓީމު ކަރަންޓީނަށް
ބުސްކެޓްސް ޕޮޒިޓިވްވުމުން ސްޕެއިންގެ ޓީމު ކަރަންޓީނަށް

މެޑްރިޑް (ޖޫން 7) - ސްޕެއިންގެ ފުޓުބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުގެ އެހެން ކުޅުންތެރިން ވެސް އައިސޮލޭޝަނަށް ދާން މަޖުބޫރު ވެއްޖެ އެވެ.

ބުސްކެޓްސް ޕޮޒިޓިވްވުމުން، ސްޕެއިންގެ ސްކޮޑްގެ އެހެން ކުޅުންތެރިން ވެސް ޓެސްޓްކުރި އެވެ. އެހެން ކުޅުންތެރިންގެ ޓެސްޓްތައް ނެގެޓިވް އެވެ.

ނަމަވެސް، ޔޫއެފާ އާއި ސްޕެއިންގެ ސަރުކާރުން އިއުލާންކޮށްފައިވާ ކޮވިޑް-19 ގެ ގައިޑްލައިންގެ ދަށުން ސްޕެއިންގެ އެހެން ކުޅުންތެރިންނަށް ވެސް މަޖުބޫރުވެފައި ވަނީ އައިސޮލޭޓް ވުމަށެވެ. އެއީ ބުސްކެޓެސް އާ ޑައިރެކްޓް ކޮންޓެކްޓްވެފައި ވުމުންނެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ލިތުއޭނިއާ އާ ދެކޮޅަށް ސްޕޭން މެޗެއް ކުޅެން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް ސީނިއާ ޓީމަށް އެ މެޗު ނުކުޅެވޭނެ އެވެ. ލިތުއޭނިއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުގައި ލިތުއޭނިއާގެ ސީނިއާ ޓީމާ ދެކޮޅަށް ކުޅޭނީ ސްޕެއިންގެ 21 އަހަރުގެ ޓީމެވެ.

ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަދު ދުވަހު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ޔޫރޯގެ ކުރިން ސްޕެއިންގެ ކުޅުންތެރިން އިތުރު ކޮވިޑް ޓެސްޓެއް ހަދާނެ އެވެ.