ކޮވިޑުގައި 100 އަހަރުގެ މީހަކު ނިޔާވެއްޖެ
ކޮވިޑުގައި 100 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑު-19 ގައި ރާއްޖެއިން 100 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެ އެވެ. މިއީ، މި ބަލީގައި މިހާތަނަށް ނިޔާވި އެންމެ ދުވަސްވީ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ފަރުވާ ދެނިކޮށް މި މީހާ ނިޔާވީ ހެނދުނު 9:33 ގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ބަލީގައި ނިޔާވި އެންމެ ދުވަސްވީ މީހަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހުސެއިން މަނިކެވެ. އެއީ ކޮވިޑުގައި ރާއްޖޭގެ 187 ވަނަ މަރުގެ ގޮތުގައި ވަނީ ރެކޯޑްކޮށްފަ އެވެ.

ހުސެއިނަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ކުރީގެ މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ. ކޮވިޑަށް ޕޮޒިޓިވްވުމާ ހަމައަށް ވެެސް އޭނާގެ ހާލު ރަނގަޅެވެ.

މިއަދުގެ މިހާތަނަށް ކޮވިޑްގައި ވަނީ ދެ މީހަކު ނިއާވެފަ އެވެ.