07 ޖޫން 2021 - 00:38

މާފަންނު ބިސްބުރު ކައިރީގައި ޒަހަމްތަކަކާ އެކު މިރޭ ވެއްޓިފައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްތަކަކާ އެކު ބިސްބުރު ކައިރީގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 11 ޖަހާކަން ހާއިރު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އާންމުންގެ ބަޔަކަށް ފެނުމާ އެކު މިހާރު އޭނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު މައުލޫމާތެއް، އަދި ލިބިފައިވާ ޒަހަމްތަކާ ބެހޭ މައުލޫމާތެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.