06 ޖޫން 2021 - 17:03

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ސިވިލް ކޯޓުގައި ހުންނެވި އިރު، ކޯޓު ރޫމުން ބޭރުން އެހެން މުވައްޒަފަކު މެދުވެރިކޮށް، މައްސަލައެއްގައި ގޮތް ނިންމުމާ ގުޅިގެން، އޭނާއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އެ މިކޮޝަންގެ މި އަހަރުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ، ގާޒީ ފާއިޒަށް ނަސޭހަތް ދިނުމުގެ އިތުރުން ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.
މިއީ، ކޯޓުގެ ޝަރީއަތްކުރާ ރޫމުގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ މީހާ ގޭގައި ބަންދު ކުރުވައި، ކޯޓު ރޫމުގެ ބޭރުގައި މައްސަލަ ރައްދުވާ މީހާ ބެއިންދުމަށް ފަހު، މައްސަލައިގެ ހުކުމް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެ އެވެ. މިއީ ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި، ގާޒީ ފާއިޒާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ޖޭއެސްސީން ކުރި ތަހުގީގުތަކަށް އެކަން ސާބިތުވާތީ އެވެ.
ގާޒީ ފާއިޒްގެ މި މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ސެޕްޓެމްބަރު 18، 2019 ގަ އެވެ.