06 ޖޫން 2021 - 13:39

މިއަދު މަރުވި އިތުރު ދެ މީހުންނާ އެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 184 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާ ދެނިކޮށް 93 އަަހަރުގެ ފިރިހެނަކާއި 82 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 93 އަހަރުގެ މީހާ މަރުވީ ރޭ ދަންވަރު އެވެ. އަދި 82 ގެ މީހާ މަރުވީ މިއަދު ހެނދުނު 8 ޖަހާކަން ހާއިރެވެ.
މަރުވާ މީހުންގެ އަދަދު އިތުރުވެފައި މި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް ބަލީގައި ނުރައްކާވެ އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 190 އިން މައްޗަށް އަރާފައިވާއިރު، ކޮވިޑުގެ އެކްޓިވް ކޭސްތައް ވެސް އުޅެނީ 20،000 އިން މަތީގަ އެވެ.