ހުޅުމާލޭގައި ޕާކުތަކަކާއެކު، ހެދިކާ ވިއްކާނެ ޓެންޓުތަކެއް ހަދަނީ
ހުޅުމާލޭގައި ޕާކުތަކަކާއެކު، ހެދިކާ ވިއްކާނެ ޓެންޓުތަކެއް ހަދަނީ

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހެދިކާ ވިއްކަން ހާއްސަ ޓެންޓުތަކެއް ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

ހުޅުމާލޭގައި ޕާކުތަކަކާއެކު، ހެދިކާ ވިއްކާނެ ޓެންޓުތަކެއް ހަދަނީ
ހުޅުމާލޭގައި ޕާކުތަކަކާއެކު، ހެދިކާ ވިއްކާނެ ޓެންޓުތަކެއް ހަދަނީ

އާ ޓެންޓުތަކެއް މި ހަދަނީ ހުޅުމާލޭގައި މިހާރު ވެސް ހެދިކާ ވިއްކުމަށް ގާޑިޔާތަކެއް ބަހައްޓާފައިވާއިރު، އޭގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން އާއްމު ކޮށްފައިވާ ވީޑިއޯއަކުން ދައްކާ ގޮތުގައި، ޓެންޓުތައް ހަދަނީ ކުޑަ ޕާކެއްގެ ގޮތުގަ އެވެ. ޓެންޓުތައް ހަދާ ސަރަހައްދުގައި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި މީހުން ތިބޭނެ ބެންޗުތަކުގެ އިތުރުން ޑަސްބިންތައް ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި، ޓެންޓުތައް ބަހައްޓާނީ ހުޅުމާލެ ނެއިބަހުޑް 1،2،3 ގަ އެވެ. މި ޓެންޓުތަކުން އެއްފަހަރާ 30 މީހަކަށް ހެދިކާ ވިއްކޭނެ އެވެ.

އެޗްޑީސީގެ ހަރަދުގައި ބަހައްޓާ މި ޓެންޓުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުންޏެވެ.