06 ޖޫން 2021 - 11:29

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރި ސުލޫކީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން އިއްޔެ ބުނީ، އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް، މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ މަހުގެ 31 ގައި އެ ނިންމާފައިވާ ކަމަށެވެ.
ސާބިތު ނުވާ ކަމަށް ނިންމީ "ހަވީރު" ނޫހުގެ މައްސަލާގައި ވަކި ގޮތަކަށް ހުކުމްކުރަން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އެންގެވި ކަމަށާއި އެކަން އެހެން ހިނގި ކަމުގެ ހެއްކަކަށް ގާޒީ އަބްދުﷲ ހުންނެވި ކަމަށެވެ. ނަމަވެސް ޖޭއެސްސީން ބެލުމަށް ފަހު ނިންމީ އެކަން ހިނގީ އަބްދުﷲ އަށް އެނގިވަޑައިގެންކަން ސާބިތު ނުވާ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ދައުވާ ކުރާ ފަރާތުގެ ބަދަލުގައި، ކޯޓަށް ހާޒިރުވުމަށް އައްޔަން ކޮށްފައިވާ ފަރާތް ހާޒިރުނުކޮށް މައްސަލަ ބާތިލް ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ގާޒީ އަބްދުﷲ އާ ގުޅޭ ގޮތުން ބެލި އެވެ. އޭގެ އިތުރުން ވެސް އިތުރު މައްސަލަަތަކެއް އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި އެވެ.