ޕީޕީއެމްގެ ރައީސްގެ އޮފީހަށް ކަޅުތެޔޮޖެހި މައްސަލާގައި މީހަކު ހޯދަނީ
ޕީޕީއެމްގެ ރައީސްގެ އޮފީހަށް ކަޅުތެޔޮޖެހި މައްސަލާގައި މީހަކު ހޯދަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހަށް ނުވަތަ ޕީޕީއެމްގެ ކުރީގެ އޮފީހަށް ކަޅުތެޔޮ ޖެހި މައްސަލާގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ސައިކަލެއްގައި ދިޔަ ދެ ފިރިހެނަކު، ހ. ތެމާގައި ހުންނަ ޕީޕީއެމްގެ ކުރީގެ އޮފީހަށް އެއްޗެއް އުކާލާ ތަނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެސް މައުމޫންގެ ފެކްޝަނުންނެވެ.

މައުމޫންގެ އޮފީހަށް ކަޅުތެޔޮ ޖެހީ އެ ޕާޓީގައި ބައިބައިވުން އުފެދި، ޕާޓީގެ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކޮށް، މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި އެ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ރައީސް ޔާމީންގެ ފެކްޝަނުން ގެންގޮސް ދެ ފެކްޝަންގެ މަސައްކަތްތައް ދެ އޮފީހެއްގައި އަންނަނީ ހިންގަމުންނެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ މަސައްކަތްތައް ކުރަމުން އަންނަނީ ދަރުބާރުގޭގަ އެވެ.